ބަންޑާރަނައިބުގެ އޮފީސް
މާލެ، ދިވެހިރާއްޖެ
EN
EN
EN
EN
Toggle navigation
އެޓަރނީ ޖެނެރަލް
ތައާރަފް
އަލްއުސްތާޛް އަޙްމަދު އުޝާމް
ތާރީޚުގެ ތެރެއިން
އެޓަރނީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅުން
އޮފީސް
މެންޑޭޓު
އިދާރީ އޮނިގަނޑު
ޑިވިޜަންތައް
އަހަރީ ރިޕޯޓާއި ބަޖެޓު
ކޮމިޓީތައް
ވިސްލްބްލޮވަރ
މަޢުލޫމާތު ހޯދުން
އިންފޮމޭޝަން އޮފިސަރުން
މަޢުލޫމާތަށް އެދުމުގައި ޢަމަލުކުރަންވީގޮތް
މުރާޖަޢާ ކޮމެޓީ
މީޑިއާއަށް މަޢުލޫމާތު ހާމަކުރުން
މި އޮފީސް ޚިޔާރުކުރުން
ވަޒީފާގެ ފުރުސަތުތައް
ޕިއުޕިލޭޖް
އިންޓަރންޝިޕް
ޑައުންލޯޑްސް
ފޯމްތައް
ރިޕޯރޓްތައް
ޕަބްލިކޭޝަން
ޚަބަރާއި ނޫސްބަޔާން
ސްކްރީނިންގ ޝީޓްތައް
މީޑިއާ
ހަބަރު
އިއުލާން
ނޫސްބަޔާން
ވަޒީފާގެ ފުރުޞަތުތައް
ގެލަރީ
އަޅުގަނޑުމެންނާ ގުޅުން
އެޓަރނީ ޖެނެރަލް
ތައާރަފް
އަލްއުސްތާޛް އަޙްމަދު އުޝާމް
ތާރީޚުގެ ތެރެއިން
އެޓަރނީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅުން
އޮފީސް
މެންޑޭޓު
އިދާރީ އޮނިގަނޑު
ޑިވިޜަންތައް
އަހަރީ ރިޕޯޓާއި ބަޖެޓު
ކޮމިޓީތައް
ވިސްލްބްލޮވަރ
މަޢުލޫމާތު ހޯދުން
އިންފޮމޭޝަން އޮފިސަރުން
މަޢުލޫމާތަށް އެދުމުގައި ޢަމަލުކުރަންވީގޮތް
މުރާޖަޢާ ކޮމެޓީ
މީޑިއާއަށް މަޢުލޫމާތު ހާމަކުރުން
މި އޮފީސް ޚިޔާރުކުރުން
ވަޒީފާގެ ފުރުސަތުތައް
ޕިއުޕިލޭޖް
އިންޓަރންޝިޕް
ޑައުންލޯޑްސް
ފޯމްތައް
ރިޕޯރޓްތައް
ޕަބްލިކޭޝަން
ޚަބަރާއި ނޫސްބަޔާން
ސްކްރީނިންގ ޝީޓްތައް
މީޑިއާ
ހަބަރު
އިއުލާން
ނޫސްބަޔާން
ވަޒީފާގެ ފުރުޞަތުތައް
ގެލަރީ
އަޅުގަނޑުމެންނާ ގުޅުން
ފުރަތަމަ ސަފްހާ
އޭއައި ޗެޓް
މެންޑޭޓު
އިދާރީ އޮނިގަނޑު
ޑިވިޜަންތައް
އަހަރީ ރޕޯރޓާއި ބަޖެޓު
ކޮމިޓީތައް
ވިސްލްބްލޮވަރ
މެންޑޭޓު
އެޓަރނީ ޖެނެރަލްގެ އޮފީސް އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.
2016 ނޮވެންބަރ 22 އިން ފެށިގެން މި އޮފީހުގެ މެންޑޭޓުގައި ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ:
މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުން.
ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުން.
ދިވެހި ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް، ބައިނަލްއަޤްވާމީ ޤާނޫނާއި ދިވެހި ދައުލަތުން އުފުލަންޖެހޭ ބައިނަލްއަޤްވާމީ އިލްތިޒާމްތަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ދިނުން.
ސަރުކާރު އިދާރާތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ ލަފާދިނުން.
ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީޤް ކުރުމާގުޅޭގޮތުން ސަރުކާރަށް ލަފާދިނުން.
ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭގޮތުން ކަމާބެހޭ ދިރާސާތައް ކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނާ ދިވެހި ދައުލަތުން އުފުލަންޖެހޭ ބައިނަލްއަޤްވާމީ އިލްތިޒާމަކާ ގުޅިގެން އަލަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކާއި، އިޞްލާޙުތައް ގެންނަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު އެކުލަވައިލުން.
ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަ ކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކުގައި ޤާނޫނުގެ ދެލިކޮޕީ އެކުލަވާލައި، އެދާއިރާތަކަށް ހުށަހެޅުން.
ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލު ކުރަންފެށުމާބެހޭ ގޮތުން ޤާނޫނީ ލަފާދިނުން.
ސަރުކާރުގެ އިދާރާތަކުން އެކުލަވައިލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވައިލުމުގައާއި، އެ ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި އެ އިދާރާތަކަށް ބޭނުންވާ ލަފާދިނުން.
ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާ ދިނުން.
ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ވިލަރެސްކުރުން.
ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.
ދިވެހިސަރުކާރާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެކިއެކި ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ޤާނޫނީ ލަފާދިނުން.
ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާގުޅޭ ގޮތުން ޤާނޫނީ ލަފާދިނުން.
ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރިމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރިމަންޓުތައް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ “ލީގަލް އޮޕީނިއަން” ދިނުން.
ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޤާނޫނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢުލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކަންތައްތަކުގައި، ޤާނޫނީ ވަކީލުން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ޤާނޫނީ ލަފާދިނުން.
ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
ދައުލަތުގެ މުއައްސަސާތަކުންނާއި، އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އަދި ދައުލަތުގެ މުއައްސަސާތަކަށާއި އިދާރާތަކަށް ދަޢުވާ ރައްދުވާގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރުން.
ތުރާފިލުވުމާބެހޭ މައްސަލަތައް ކަމާބެހޭ ކޯޓަށް ހުށަހެޅުމާއި، ކޯޓުތަކުގައި ތަމްސީލްކުރުން.
ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކަށް މަޝްވަރާދިނުމާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭކަމަށް ފެންނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކާގުޅިގެން ދިރާސާކޮށް، އެޤާނޫނުތައް އިޞްލާޙުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޤާނޫނުގެ ދެލިކޮޕީތައް ތައްޔާރުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް އެހީތެރިވެދިނުން.
ސަރުކާރުގައާއި ދައުލަތުގެ މުއައްސަސާތަކުގައި ޤާނޫނީ ދާއިރާގެ ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން ތަބާވާންޖެހޭ ޚާއްޞަ މިންގަނޑުތައް އެކުލަވައިލުން.
އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުން.
އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ “ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ރިޕޯޓު”ތައް ތައްޔާރުކުރުމާއި، އެ ރިޕޯޓުތަކާ ގުޅިގެން ރާއްޖެއިން ކުރަންޖެހޭ ކަންކަން ކުރުން.
ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ވަކިކަމެއް ހުރިކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ ބައިނަލްއަޤުވާމީ އިދާރާތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން ސަރުކާރަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަންތައްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤުކުރުމާގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާއި، ހުށަހަޅާ ހުށަހެޅުންތަކާގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
އަލަށް އެކުލަވާލެވޭ، އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތައް އެކުލަވާލުމުގައި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުން.
ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތްކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބައިނަލްއަޤުވާމީ އިދާރާތަކާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން ފޮތެއްގެ ގޮތުގައި އެކުލަވާލުމާއި، އެ ޤާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ކަނޑައެޅޭ ވަކި މުއްދަތުތަކަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި ޗާޕްކުރަމުން، އާކުރަމުން ގެންދިއުމާއި، އެކަށީގެންވާ އުސޫލެއްގެ މަތިން އަދި އެކަށީގެންވާ އަގަކަށް އެ ފޮތްބައި ޢާންމުކޮށް ލިބެން ހުންނާނެ އުސޫލެއް ހަމަޖެއްސުން.
ކްލެމެންސީ ބޯޑުގެ މަސައްކަތްތަކުގައި އެޓަރނީ ޖެނެރަލް އާއި ބޯޑުގެ ދާއިމީ މެންބަރުންނަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން.
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ތެރެއިން ތަރުޖަމާކުރެވޭ ޤާނޫނުތައް ޢާންމުކޮށް ލިބޭނޭގޮތް ހަމަޖެއްސުމާއި، ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުން.
ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ މަސައްކަތްކުރުން.
އޭއައި ޗެޓް
Ask me anything